ނުވަދިހަ އަށް މީހުންނަށް ޝިފާ ލިބި އިތުރު ތޭރަ މީހުން ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ނުވަދިހަ އަށް މީހުންނަށް ޝިފާ ލިބި އިތުރު ތޭރަ މީހުން ޕޮޒިޓިވްވެއްޖެ!

ރާއްޖޭގައި ކޮރޯނާއަށް ފަރުވާކުރަމުން ގެންދާ މީހުންގެ ތެރެއިން 98 މީހުންނަށް ޝިފާ ލިބި އިތުރު 13 މީހުން ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހުންނާއި އިންޑޮނޭސިއާ މީހެކެވެ. 

އެޗްޕީއޭގެ މިއަދުގެ ހިސާބުތައް ދައްކާގޮތުން މިހައިތަނަށް ޕޮޒިޓިވްވެފައިވަނީ 1916 މީހުންނެވެ. މިހާރު ފަރުވާ ހޯދަމުން ދަނީ 981 މީހުންނެވެ. 

އެޗްޕީއޭގެ އިއްޔެގެ ހިސާބުތަކަށްބަލާއިރު އިއްޔެ ޝިފާ ލިބިފައިވަނީ 64 މީހަކަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ 2 މީހުންނެވެ. އިއްޔެ އަކީ ކޮރޯނާއަށް އެންމެމަދުންމީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު އޮންލައިން