އިމާމު ޝާފީ ރަޟިޔަﷲއަންހު ވިދާޅުފައިވާ ބަސްފުޅެއްގައި ވެއެވެ.
"ދުވަސްތައް، އެދުވަސްތައް ބޭނުންގޮތެއް ހަދަން ދޫކޮށްލާށެވެ. (އަޅުގަނޑުމެންނާ ކުރިމަތިވާ ދުވަސްތައް، އެދުވަސްތައް ބޭނުންގޮތެއް ހަދަން ދޫކޮށްލާށެވެ.) (ދުވަސްތަކުގައި ކަންކަން މެދުވެރިވާ ގޮތާއިމެދު) ހިތްހަމަޖެހޭށެވެ! ރުހި ޤަބޫލުވާށެވެ! (ﷲ ތަބާރަކަވަތަޢާލާގެ ނިންމެވުމަށް ރުހި ޤަބޫލުވާށެވެ! ﷲގެ ނިންމެވުމަށް ރުހި ޤަބޫލުވުން އެއީ އެންމެ މުހިއްމު ކަންތައް. ޤުދުރަތުން ކަމެއް ނިންމައިފިނަމަ އަމިއްލަ ނަފްސުން އެކަމަށް ރުހި ޤަބޫލުވާށެވެ! ތިބާގެ ޙަޔާތުގައި ތިބާއަށް ދިމާވާ ހުރިހާ މުސީބާތްތަކަށް ތިބާ ކެތްތެރިވާށެވެ! ދުނިޔޭގައި ދިމާވާ އެކި އެކި މުސީބާތަކާއި ހިތާމަތަކާއި ވޭން މިއީ އަބަދަށް ދެމިގެންދާނެ ކަންތައްތަކެއްނޫނެވެ. މިއިން ކޮންމެ ކަމަކީވެސް މިއީ ވަގުތީ ފިލާވަޅެކެވެ.
ލޮބުވެތި އަޚުންނާއި އުޚްތުން! ކަންކަން ޕްލޭންކުރާއިރު ހަތަރުވަނައަށް އެންމެމުހިންމީ ނަފްސާ ޖިހާދުކުރުމެވެ. ނަފްސަށް ޖިހާދު ކުރުމުގެ މާނައަކީ ކޮބާ؟ އެއީ ހިތާމަތަކަށް ކެތްތެރިވުމާއި ގޮންޖެހުންތަކުގެ ކުރިމަތީގައި ސާބިތުވުމާއި ދުނިޔޭގެ ހަޔާތުގައި ދިމާވާ ކަންތައްތަކާއި މުސީބާތްތަކަކީ މިއީ ތާއަބަދަށް ދެމިގެންދާނެ ކަންތައްތަކެއް ނޫންކަން ތިމާގެ ހިތުން ގަބޫލުކުރުމެވެ!
"ނަޒަރިއްޔާތު ޕްރޮގްރާމްގައި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން!
މިއަދު ދަތިކަން މެދުވެރިވެދާނެ މާދަން އެކަން ފަސޭހަވެގެން ހިނގައިދާނެ. މިއަދު ރޯން އިންނަންޖެހިދާނެ. މާދަމާގެ ކަރުނައަކީ އުފާވެރި ކަރުނައަކަށްވެދާނެ. މިއަދު ދަތިތައް ތަހަންމަލްކުރެވިދާނެ މިއަދު ފައިސާ ނުލިބި ހިނގައިދާނެ. މާދަމާއަކީ އެއީ ފައިސާ ލިބިދާނެ ދުވަހަކަށްވާނެ. ނާކާމިޔާބީއަކީ އެއްވެސް މީހަކަށް އޮތް އެއްޗެއްނޫން. ކޮންމެ މީހަކީވެސް އެއީ ކާމިޔާބުގެ މަގަށް ވާސިލްވެވިދާނެ މީހެއް. ކޮންމެމީހަކީވެސް ކާމިޔާބުގެ މަގަށް ވާސިލްވެދާނެ މީހެއް.
ކޮންމެ މީހެއްގެ ފުށުންވެސް ބޭނުންވާނީ ގަދައަޅައި މަސައްކަތްކުރާނެ ހިތްވަރާއި އަޒުމް. އެއަޒުމް ހުރެއްޖެނަމަ އެމީހަކީ އެއީ ކާމިޔާބާ ހަމައަށް ވާސިލްވެވޭނެ މީހެއް.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު