ރާއްޖޭގައި ޢާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށީންސުރެ މިއަދަކީ އެންމެ އުފާވެރި ދުވަސްކަމުގައިވެއްޖެއެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިއަދު ވަނީ 64 މީހަކަށް ޝިފާ ލިބިފައެވެ. އަދި ޕޮޒިޓިވްވެފައިވަނީ 2 މީހުންނެވެ. އެހެންކަމުން މިހާރު ފަރުވާ ދެވެމުންދަނީ 1066 މީހުންނަށެވެ. އަދި ބަލިން މިހައިތަނަށް ޝިފާ ލިބުނު މީހުންގެ އަދަދު ވަނީ 827އަށް އަރައިފައެވެ.
ބައެއް ޤައުމުތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށްފަހުގައިވެސް ފަހުން އިތުރުވެގެން ގޮސްފައިވެސް އެބަހުއްޓެވެ. އެހެންކަމުން ބައްޔަށް ދޭން ޖެހޭ ސަމާލުކަން އަދިވެސް ދޭންޖެހޭކަން ފާހަގަކުރެވެއެވެ.
ނިޢްމަތަށް ޝުކުރުވެރިވާށެވެ! ދުޢާކުރުން ގިނަކުރައްވާށެވެ! އަބަދުވެސް މިއަދުނޫހުން ފާހަގަކުރާ ފަދައިން ދިވެހިންނަށް މާތް ﷲ ގެ ނިޢްމަތް އަބަދުވެސް ވަރަށް ބޮޑެވެ. އިން ޝާ ﷲ