ނިޢްމަތަށް އެދި ސަލާންޖެހުމާ ނިޢްމަތް ދެއްވެވުމުން ހަނދާން ނެތުން! ނުރައްކާތެރި، ބިރުހުރި ކަމެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ނިޢްމަތަށް އެދި ސަލާންޖެހުމާ ނިޢްމަތް ދެއްވެވުމުން ހަނދާން ނެތުން! ނުރައްކާތެރި، ބިރުހުރި ކަމެއް!

މުޖުތަމައުތަކަށް ބަލައިފިނަމަމިއަދު މިފެންނަނީ ހަމަ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި ކަންކަމެވެ. ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ދުޢާކޮށް ﷲ ތަޢާލާއަށް އާދޭސް ދަންނަވަން އަވަސްވެގަނެއެވެ. އެކަމެއް ހިންމަވައި ދެއްވެވުމުން ﷲ ތައާލާ ދެއްވެވި ނިޢްމަތް މަތިން ހަނދުމަވެސް ހުންނަ ކަމަކަށް ނުވެއެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި ހަމައެހައިމެ ނުރައްކާތެރިވެސް ކަމެކެވެ. އެކަމުގެ ސަބަބުން ﷲ ތައާލާގެ ކޯފާ އާއި ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމެކެވެ. 

ކިތަންމެކުޑަކަމަކަށް ބޭނުންވުމުން ނަމަވެސް އަދި ބޮޑު ކަމަކަށް އެދިގެން ނަމަވެސް މުސްލިމުންނަށް އޮތީ ދުޢާކުރުމެވެ. އަހަރެމެން މިތިބީ ބިންމަތީގައެވެ. ﷲ ތައާލާ ވޮޑިގެންވަނީ 7 އުޑުމަތީގައެވެ. އެންމެމަތީގައެވެ. އެންމެ އުފާވެރިކަމަކީ ދަތި ޙާލުގައި ޖެހިގެން ކަމަކަށް އެދި މީހަކު ދުޢާކޮށްފިނަމަ ވަގުތުން އެދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކުރާ ކަމެވެ. 

ބައެއް ކަންކަމުގައި ވަގުތުން އިޖާބަވެސް ކޮށްދެއްވަވަތެވެ. އަނެއްބައި ކަންކަމަށް ފަހަށް ލަސްކުރައްވަވައި އެމީހަކަށް އެންމެ ފައިދާހުރި ވަގުތުގައި ޢިޖާބަކޮށް ދެއްވަވަތެވެ!  

މިފަދަ ކަންކަން ޢާންމުވަމުން އަންނަނީ ވަރަށް ގިނައިންނެވެ. އެމީހަކު ބޭނުންވާ ކަމެއް ޙާޞިލުވުމުން ޝުކުރުވެރިވުމަކީ ގިނަ ބައަކު މިހާރު ކުރަން ދަންނަވެސް ކަމެއް ނޫނެވެ. އެއްގޮތަކަށްވެސް އެހެން ނުހަދާށެވެ! އެއީ ކިތަންމެ ކުޑަ ނިޢްމަތެއް ކަމަށް ތިބާއަށް ހީވި ނަމަވެސް އެއްވެސް ނިޢްމަތަކީ ކުޑަ ނިޢްމަތެއް ނޫނެވެ! 

މިސާލަކަށް ބުނާނަމަ އަރާ ފައިވާނަށް ބަލާށެވެ!  5 ރިޔާލައަށް ގަންނަން ލިބޭ އާދައިގެ ފައިވާނަކީ ތިބާގެ ކުރިމަތީގައި އެއްވެސް އަގެއްހުރި އެއްޗަކަށް ނުވެދާނެއެވެ. އެހެންކަމަށްވާނަމަ ވިސްނައިލާށެވެ! މީހުން އަރާ ބައުކޮށްފައި އެއްލާލާފައި އޮންނަ ފައިވާން ނަގައި އެ ފައިވާން މަރާމާތުކޮށްގެން އަރައި އުޅޭ ކިތައް ހާސް މިލިއަންމީހުން މިދުނިޔޭގައި އެބަ އުޅޭހެއްޔެވެ؟ އަދި އެއިގެ އިތުރުން އެވަރުވެސް ނުވެގެން ތާރު އެޅިމަގުތަކުގައި ގަދަހޫނުގައި ހުސްފައިގައި ހިނގާ  ކިތައް ހާސް މިލިއަން މީހުން އެބައުޅޭހެއްޔެވެ؟ 

ހަމަ މިފަދައިން މީސްތަކުންނަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވުމުންވެސް ދުޢާކުރަނީ ﷲ ތަޢާލާއަށެވެ. އެކަމެއް ފުދޭއިރަށް ﷲ ތަޢާލާގެ މަތިން ހަނދުމަނެތިގެންދެއެވެ. އެކަން  އެގޮތަށް ކުރާ ކަމާ ކުރާނެކަންވެސް ﷲ ތަޢާލާ އެންމެމޮޅަށް ދެކެދެނެވޮޑިގެންވެއެވެ. 

"އަދި ހިޔާއަޅާ ފަރުބަދަތައް ފަދަ ރާޅުތައް، އެއުރެން ވަށައިލައިފިނަމަ، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލް ގައި، ﷲ އަށް އެބައިމީހުން ދުޢާ ކުރާނެތެވެ. އަދި އެކަލާނގެ، އެއުރެން ސަލާމަތްކުރައްވައި އެއްގަމަށް ގެންދަވައިފިހިނދު، ފަހެ، އެއުރެންގެ ތެރެއިން މެދުމިނު މީހުން ވެއެވެ. (އަދި ދެކޮޅުހަދާ މީހުންވެސް ވެއެވެ.) އަދި ކޮންމެ ޚިޔާނާތްތެރި ކާފިރަކު މެނުވީ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅެއް ނަހަދާނެތެވެ." (ލުޤްމާން: 32) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން