ގިނަ ސާމްޕަލް ނެގުމުންވެސް މިހާރު ޕޮޒިޓިވްވާ އަދަދު ދަނީ މަދުވަމުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ގިނަ ސާމްޕަލް ނެގުމުންވެސް މިހާރު ޕޮޒިޓިވްވާ އަދަދު ދަނީ މަދުވަމުން!

މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަނީ ސާމްޕަލް ނަގާ އަދަދު މަދުވުމުން ނޫން ކަމަށާއި ގިނަ ސާމްޕަލް ނެގުމުން ވެސް މަދުވަނީ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވީ 31 މެއިގައި 101 މީހުން ޕޮޒިޓިވެވެފައިވަނީ 557 ސަމްޕަލް ނަގައިގެން ކަމަށެވެ. 30މެއިގައި 81 މީހުން ޕޮޒިޓިވްވީ 653 ސާމްޕަލަް ނަގައިގެން ކަމަށެވެ. އަދި 1 ޖޫންގައި 56 މީހުން ޕޮޒިޓިވްވީ 835 ސާމްޕަލް ނަގައިގެން ކަމަށެވެ. 

ހަމަ އެއާއިއެކު 3 ޖޫންގައި 9 މީހުން ޕޮޒިޓިވްވީ 618 ސާމްޕަލް ނަގައިގެން ކަމަށާއި 4 ޖޫންގައި 22 މީހުން ޕޮޒިޓިވްވީ 685 ސާމްޕަލް ނަގައިގެން ކަމަށާއި 5 ޖޫން ގައި 11 މީހުން ޕޮޒިޓިވްވީ 957 ސާމްޕަލް ނަގައިގެން ކަމަށާއި އަދި 6 ޖޫންގައި 18 މީހުން ޕޮޒިޓިވްވީ 725 ސާމްޕަލް ނަގައިގެން ކަމަށެވެ.

 

މިއަދު އޮންލައިން