ކުރާ ފާފަ ބޭޒާރުވުމަކީ ރަޙްމަތެއް! ބައިވެރިޔާއަށް ފާފައެއް ކުރެވޭކަން އެނގިއްޖެ ނަމަ މިފަދައިން ޢަމަލުކުރާށެވެ!: މުފްތީ މެންކް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުރާ ފާފަ ބޭޒާރުވުމަކީ ރަޙްމަތެއް! ބައިވެރިޔާއަށް ފާފައެއް ކުރެވޭކަން އެނގިއްޖެ ނަމަ މިފަދައިން ޢަމަލުކުރާށެވެ!: މުފްތީ މެންކް

"މީސްތަކުންނޭވެ! ތިއަބައިމީހުން ފާފަތައް ކުރަމުން ގެންދިއައިރު ﷲ ތަޢާލާ ވަނީ އެކަން މީސްތަކުންނަށް ވަންހަނާކުރައްވަވައިފައެވެ. ވީމާ ތިބާ ތައުބާވާން މަސައްކަތްކުރާއިރު، ނުވަތަ ތައުބާވުމުން ކުރިން ކުރެވިފައިވާ ފާފަތައް ބޭޒާރުކުރައްވަވައި ފަޟީޙަތްކުރައްވަވާނެ ކަމަށް ހީނުކުރާށެވެ! 

ބައެއް ފަހަރު ﷲ ތަޢާލާ، އަހަރެމެންނަށް ކުރެވޭ ފާފަތައް ފަޟީޙަތްކުރައްވަވަނީ އަހަރެމެންނަށް ރަޙްމަތަކަށެވެ. އެއީ އެކަމުގެ ސަބަބުން ކުރެވެމުން އައި ފާފަކުރުން ހުއްޓައިލުމަށް މަގުފަހިކުރައްވަވައި ދެއްވެވުމަށެވެ. 

މީހަކަށް ކުރެވޭ ފާފައެއް ފިރިމީހާއަށް، އަނބިދަރިންނަށް ނުވަތަ ޢާއިލާގެ ބައަކަށްވެސް ހާމަވެދާނެއެވެ. ކަންބޮޑުނުވާށެވެ! އެކަމާއި ބައަކު ދެކެ ރުޅި އައުމުގެ ބަދަލުގައި އެއީ ތިމާއަށް ﷲ މިންވަރުކުރެއްވެވި ނިޢްމަތެއް ކަމުގައި ދެކޭށެވެ! އެހެނީ ﷲ ތައާލާ ތިބާ ދެކެ ލޯބިވެވޮޑިނުގަންނަވާނަމަ އެފާފަކުރުންމަތީގައި ތިބާއަށް ދެމިހުރެވޭނެ ގޮތް މިނަވަރުކުރައްވަވައި ދޫކޮށްލެއްވެވީހެވެ. ނަމަވެސް އެ ފާފަކުރުން ހުއްޓާލަން ޖެހޭނެ ފަދަ ގޮތަކަށް ކަންކަން މިންވަރުކުރެއްވެވުމުން އެނގިގެންދަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް އޮތް މިންވަރެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ނުބައި އަމަލެއް ފެނިއްޖެ ނަމަ އެއީ ދުނިޔެ ނިމޭވަރުގެ ބޮޑުކަމެއް ކަމުގައި ނުދެކޭށެވެ! އެފާފަފައަކީ އެކަމުގެ ސަބަބުން ޢާއިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ނުދާނެވަރުގެ ފާފައެއް ކަމުގައިވާނަމަ ބައިވެރިޔާއަށް މާފުކުރާށެވެ! އޭނާ ފަޟީޙަތް ނުކުރާށެވެ! އެހެނީ އެކަން ހާމަވެގެން ދިއުމަކީ އެކަމުގެ ސަބަބުން އޭނާ ތައުބާވެ މާ އުފާވެރި ޙަޔާތެއްގެ ފެށުން ކަމުގައި ވެގެންވެސް ހިނގައިދާނެ ކަމަށްޓަކައެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން