ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާ ޓްރާންސްޕޯޓް މިނިސްޓަރ ބައްދަލު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާ ޓްރާންސްޕޯޓް މިނިސްޓަރ ބައްދަލު ކުރައްވައިފި

ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާ އޮންލައިންކޮށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

މިކަމާގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ބުނެފައިވަނީ މާލެ ސަރައްހައްދުގައި ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ބައްދަލްކުރައްވާ މިނިސްޓަރު ނަހުލާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މިބައްދަލްވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި އެ މިނިސްޓްރީގެ ބައެއް އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން