އެޗްޕީއޭގެ މިއަދުގެ ހިސާބުތަކަށް ބަލާއިރު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 47 މީހަކު ރަނގަޅުވެ 18 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ 13 ދިވެހިންނާއި ބަންގްލަދޭޝް 3 މީހުންނާއި ސްރީލަންކާގެ އެކަކާއި ނޭޕާލްގެ އެކެކެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިހާރު ފަރުވާ ދެވެމުން ދަނީ 1128 މީޙުންނަށެވެ. މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1901 އެވެ. ވީމާ ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 763 އެވެ.