ކޮވިޑް ނަވާރައަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.
މިއަދު މަރުވެފައި ވަނީ 38 އަހަރުގެ ބަންްގްލަދޭޝްގެ މީހެކެވެ. މިމީހާ މަރުވެފައިވަނީ މިއަދު 9:25 ހާއިރު، ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ މިބަލީގައި ރާއްޖެއިން މަރުވި 8 ވަނަ މީހާއެވެ. މީގެކުރިން ވަނީ ހަތަރު ދިވެއްސަކާއި ތިން ބަންގްލަދޭޝް މީހަކު މަރުވެފަާއެވެ.
ރާއްޖެއިން މިހާތަނަށް 1883 މީހަކަށް މި ބަލި ޖެހިފައިވާއިރު މީގެ ތެރެއިން 717 މީހުން ބަލިން ރަނގަޅުވެެފައިވެއެވެ.