ލިންބަގް ހޯލްޑިންގެ ފައުންޑަރ އަދި މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ގެ ފަރާތުން ރާއްޖެއަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.
ލިންބަގްގެ ފައުންޑަރުގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
އެންއީއޯސީގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ އެމްޑީއެންއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން އެވެ.
މީގެކުރިން ވެސް ވިރާ ލިން ކަ ޗޮކް ގެ ފަރާތުން ރާއްޖެއަށް ވަނީ 60،000 ސާޖިކަލް މާސްކް ހަދިޔާ ކޮށްފައެވެ.