އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓްތަށް ހަވާލު ކުރެވޭވަރުވާނެ: އާތިފާ ޝުކޫރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓްތަށް ހަވާލު ކުރެވޭވަރުވާނެ: އާތިފާ ޝުކޫރު

ޙުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓް އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓްތައް ލިބޭ ފަރާތްތަކާއި ހަވާލު ކުރެވޭވަރުވާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް އާތިފާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާތިފާ ޝުކޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ފްލެޓްތައް ހަވާލުނުކުރެވި އޮތީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށާއި އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރީ މަސައްކަތް ނިމުމަކާ ގާތުގައި ވަނިކޮށް ކަމަށް މިނިސްޓަރ އާތިފާ ޝުކޫރު ވިދާޅުވިއެވެ. އެހެންނަމަވެސް ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް އޮފީހުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބައެއް މަޢުލޫމާތުތައް ކަށަވަރުކުރުމަށް ފޯމްތައް ހައުސިންގ މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާކަމަށާއި އަދި މި ނިމުނު ހަފްތާއިން ފެށިގެން ފޯމްތަކުގައި ހިމެނޭ ބައެއް މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ކަށަވަރުކުރުމަށް މިނިސްޓްރީގެ ޓީމްތަކުން ހަރަކާތްތެރިވަމުން އަންނާނެ ކަމަށްވެސް މިނިސްޓަރ އާތިފާ ޝުކޫރު ވިދާޅުވިއެވެ.

 

 

 

މިއަދު އޮންލައިން