ވިޔަފާރި ހުއްދަތަކަށް ފުލުހުންގެ ޕޯޓެލްގައި އެދެން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ވިޔަފާރި ހުއްދަތަކަށް ފުލުހުންގެ ޕޯޓެލްގައި އެދެން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި

މާދަމާއިން ފަށައިގެން ވިޔަފާރިތަކަށާއި ކުންފުނިތައް ހުޅުވައިގެން ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދައަށް ފުލުހުންގެ ޕޯޓެލްގައި އެދެން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފައިވަނީ މިގޮތަށް ހަމަޖެއްސި ނަމަވެސް މިހައިތަނަށް ހުއްދައަސް އެދި ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ބޭނުންވަނީ ލޮކްޑައުންގެ ޙާލަތުގައި ވީހައި ލުއި ގޮތަކަށް ހުއްދަތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން ކަމަށާއި ނަަމވެސް އުޞޫލުތަކަށް ކޮންމެ ވަގުތަކުވެސް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށެވެ.

މިއަދު އޮންލައިން