އުފާވެރި ދުވަހެއް! ތިރީސް ހަމީހުން ރަނގަޅުވިއިރު ޕޮޒިޓިވްވީ 9 މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އުފާވެރި ދުވަހެއް! ތިރީސް ހަމީހުން ރަނގަޅުވިއިރު ޕޮޒިޓިވްވީ 9 މީހުން!

ކޮރޯނާ ވައިރަސް އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި މިއަދަކީ އުފާވެރި ދުވަހެކެވެ. ބަލިން 36 މީހުންނަށް ޝިފާ ލިބިފައިވާއިރު ބައްޔަށް ޕޮޒިޓިވްވީ 9 މީހުންނެވެ. އެހެންކަމުން މިއަދަކީ ބައްޔަށް އެންމެ މަދުން ޕޮޒިޓިވްވި ދުވަހެވެ. 

އެޗްޕީއޭ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހެކެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުން ގެންދަނީ 1197 މީހުން ކަމަށާއި މިހައިތަނަށް ޝިފާ ލިބުނު މީހުންގެ އަދަދަކީ 644 ކަމަށެވެ. އަދި ބައްޔަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1850 އެވެ. 

ޑރ. ޢަލީ ލަޠީފް ވިދާޅުވެފައިވަނީ ލޮކްޑައުންގެ ޙާލަތަށް ލުއި ދިނުމުގެ ސަބަބުން އަންނަ ބަދަލުގެ ނަތީޖާ ފެންނަން ފަށާނީ 2 ހަފްތާވަރު ފަހުން ކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވެފައިވަނީ ނަތީޖާ އެކި ދުވަހު ފެންނާނީ އެކި ގޮތަށް ކަމަށާއި ބަލިން އަރައިގަނެވިއްޖެ ކަމަށް ޤަބޫލުކުރަން އަދި މާއަވަސް ކަމަށެވެ. 

ޑރ. އަފްޒަލް ގެންދަވަނީ ކޮންމެހެން ބައްޔާއިމެދު ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން އިތުރުކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.

މިއަދު އޮންލައިން