މިއީ އެމެރިކާ ފަދަ ޤައުމުތަކުގެ މަގުތަކުގަ ޙައްޖަތުލްވަދާޢުގެ ޚުޠުބާ ލިޔެ ބިލްބޯޑުތައް ބަހައްޓަންވީ ވަގުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މިއީ އެމެރިކާ ފަދަ ޤައުމުތަކުގެ މަގުތަކުގަ ޙައްޖަތުލްވަދާޢުގެ ޚުޠުބާ ލިޔެ ބިލްބޯޑުތައް ބަހައްޓަންވީ ވަގުތު!

ދުނިޔޭގެ ނޫސްތަކަށް ބަލައިފިނަމައެންމެ ގިނައިން މިހާރު ދެކެވޭ އެއް ވާހަކައަކީ އެމެރިކާގައި ދޮން މީހަކު ކަޅު މީހަކު މަރައިލުމުން އެމެރިކާގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ވާހަކަތަކެވެ. ހަމަ ނުޖެހުންތައް ކޮންޓްރޯލް ނުކުރެވިގެން ބައެއް ސްޓޭޓްތަކުގައި ކާފިޔު ހިންގުމުން ވެސް ނުކުމެ ހަމަނުޖެހުންތައް ހިންގާ ވާހަކަތަކެވެ.

ބަލައިލަންވީ މީގެ 1450 އަހަރުކުރިން އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަމަށެވެ. ރަސޫލް (ޞޢވ) ޙައްޖަތުލްވިދާޢުގައި ދެއްވެވި ޚުޠުބާއަށެވެ! ޢަރަތްބަކަށް ވުމަކުން ނުވަތަ ވަކި ނަސްލެއްގެ މީހަކަށް ވުމަކުން، އަދި ދޮން މީހަކަށްވުމަކުންނާއި ކަޅުމީހަކަށްވުމަކުން، އަދި ވަކި ޖިންސަކަށް ނިޞްބަތްވުމަކުން އެއްވެސް މަތިވެރިކަމެއް ނެތްކަމާއި ހުރިހާ އިންސާނުންނަކީ ﷲ ތަޢާލާ އުފެއްދެވި މަޚުލާޤުން ކަމާއި އެންމެހައި މީސްތަކުންނީ ހަމަހަމަ ބައެއްކަމެވެ.

އިސްލާމް ދީނުގައި އޮތީ މީހާގެ މަތިވެރިކަން އުފުލިގެންދަނީ އެމީހާގެ ތަޤްވާވެރިކަމުން ކަމަށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި ވަރަކުން ކަމަށެވެ. ހެޔޮ އަމަލުތައް ކުރި މިންވަރަކުން ކަމަށެވެ.

O people: your lives and your property, until the very day you meet your Lord, are as inviolable to each other as the inviolability of this day you are now in, and the month you are now in. Have I given the message? — O Allah, be my witness. So let whoever has been given something for safekeeping give it back to him who gave him it.

O people, your Lord is One, and your father is one: all of you are from Adam, and Adam was from the ground. The noblest of you in Allah’s sight is the most god fearing: Arab has no merit over non-Arab other than god fearingness. Have I given the message? —O Allah, be my witness. —At this, they said yes.

ޙަޖަތުލްވަދާޢުގެ ޚުޠުބާއިން:

އެންމެހައި މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ! އިންސާނުންގެ ނަސްލު ފެށިގެން އައީ އާދަމްގެފާނާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. ވީމާ އެއްވެސް މީހަކަށް އެމީހާ އުފެދިފައިވާ ކުލައަކުން އަދި ލިބިފައިވާ ސިފައަކުން އަދި އުފަންވި ނަސްލަކުން އެއްވެސް މާތްކަމެއް ނެތެވެ.

 

މިއަދު އޮންލައިން