ރާއްޖޭގަ އުފައްދާ ވެންޓިލޭޓަރުގެ ޚިދުމަތް ޓެސްޓްކުރެވޭނެ ފެންވަރު ރާއްޖެއަކު ނެތް!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ރާއްޖޭގަ އުފައްދާ ވެންޓިލޭޓަރުގެ ޚިދުމަތް ޓެސްޓްކުރެވޭނެ ފެންވަރު ރާއްޖެއަކު ނެތް!: މަބްރޫކް

ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދި ނަމަވެސް ރާއްޖޭގައި އުފައްދާ ވެންޓިލޭޓަރުގެ ޚިދުމަތް ޓެސްޓްކުރެވޭނެ ފެންވަރު ރާއްޖޭގައި އަދި ނެތް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިރޭ ވިދާޅުވީ ވެންޓލޭޓަރަކީ ފުރާނަ ސަލާމަތްކުރާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި ވެންޓިލޭޓަރަށް ދޫކޮށްލެވޭނީ އެއިން ލިބެން ޖެހޭ ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަމާއިއެކުގައި ކަމަށެވެ. ވީމާ އެކަމަށް ބޭނުންވާ އިތުބާރު ހޯދަން ކުރަން ޖެހޭ ޓެސްޓް ކުރެވެން ރާއްޖޭގައި އަދި ނެތް ކަމަށެވެ. 

"ފަހަރެއްގައި ވެދާނެ އެފެންވަރު ހުންނަ ކަމަށްވެސް. ނަމަވެސް މައްސަލައަކީ އެކަން ޔަޤީންކުރަން ހަދަން ޖެހޭ ޓެސްޓްތައް ހެދެން ނެތުން. ނަމަވެސް މިއީ ކުރިއަށް ދާން ފުރުޞަތު އޮތް ކަމެއް." ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

ރާއްޖޭގައި އެމް އެންޑީއެފުންނާއި ބައެއް އެހެން ފަރާތްތަކުންވެސް ގެންދަނީ ވެންޓިލޭޓަރު އުފައްދަމުންނެވެ.

މިއަދު އޮންލައިން