މިއަދު ނިޔާވި މީހާ ނިޔާވީ ނިދީގަ! އެންމެފަހުން ޙާލު ބެލިއިރު ޚާއްޞަ މައްސަލައެއް ފާހަގައެއް ނުކުރެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ނިޔާވި މީހާ ނިޔާވީ ނިދީގަ! އެންމެފަހުން ޙާލު ބެލިއިރު ޚާއްޞަ މައްސަލައެއް ފާހަގައެއް ނުކުރެވޭ!

މިއަދު ނިޔާވި އުމުރުން 89 އަހަރުގެ އަންހެން މީހާއަކީ އެނދުދާންމަތިވެފައިވާ އަނހެނެއް ކަމަށާއި އެންމެފަހުން އޭނާ ބެލިއިރުވެސް ވައިޓަލް ށްޓޭބަލް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ޕްރެސްގައި މަބްރޫކް ވިދާޅުވީ އޭނާގެ ޙާލަތު ގޯސްވިކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. "އެއިރުވެސް ދަރިކަނބަލުން ބަލިމީހާ އާއިއެކު ހުންނެވި. ނިޔާވިކަން އެނގުނީ ހެނދުނު ޢާންމުކޮށް ހޭލާ ގަޑިއަށް ނުހޭލައިގެން ބެލުމުން. އެއީ ހެނދުނު 6 ޖަހާއެހާކަންހާއިރު." 

އޭނާ އަކީ މިބައްޔަށް ފަރުވާކުރަމުން ދަނިކޮށް ނިޔާވި 5 ވަނަ މީހާއެވެ. ބަލީގައި މަރުވި 7 ވަނަ މީހާއެވެ. 

ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެވެމުން ދަނީ 11 މީހަކަށެވެ. އެއިގެ ތެރެއިން އެކަކަށް ފަރުވާދެނީ އައިސީޔޫގައެވެ. މިއެންމެންވެސް ތިބީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

މިއަދު އޮންލައިން