ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 120 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. މިއަދަދާއިއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 608 އަށް އަރައިފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 12 އެވެ. މިހާރު ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދަކީ 1224 އެވެ. 12 މީހަކު ޕޮޒިޓިވްވީ ޓެސްޓްކުރެވުނު 405 ސާމްޕަލްގެ ތެރެއިންނެވެ.
ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި 11 ދިވަހިން ހިމެނެއެވެ. އެއިގެ ތެރެއިން 5 މީހުންނަކީ ދިގު މުއްދަތަށް ބޭސްކުރާ މީހުންނެވެ. އެކިބަލިތަކަށް ބޭސްކުރާތީ ޙާލަތު ސީރިއަސްވެދާނެ ކަމަށް ބެލެވޭ 67 މީހަކު ވަނީ މިހައިތަނަށް ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ކްލަސްޓަރތަކަށް ބަލާއިރު 7 ދިވެހިންނަކީ ކުރީގެ ކްލަސްޓަރުތަކާއި ގުޅުންހުރި މީހުންނެވެ.