ކޮރޯނާ ވައިރަސް އާއިއެކު ވެސް ސައުދީގެ ނުވަދިހަ ހާސް މިސްކިތް މިއަދު ހުޅުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮރޯނާ ވައިރަސް އާއިއެކު ވެސް ސައުދީގެ ނުވަދިހަ ހާސް މިސްކިތް މިއަދު ހުޅުވަނީ!

ކޮރޯނާ ވައިރަސް ފެތުރެމުން ދިއަ ނަމަވެސް ސައުދިޢަރަބިޔާގެ 90،000 އަށްވުރެ ގިނަ މިސްކިތް މިއަދު ހުޅުވަން ހަޖައްސައިފިއެވެ. މީގެ ތެރެއިން ގިނަ މިސްކިތްތަކެއްގައި ވަނީ ރޭގެ ފަތިސް ނަމާދުކޮށްފައެވެ. އަދި ހުޅުވަން ހަމަޖެއްސި މިސްކިތްތަކުގެ ތެރޭގައި ބޮޑެތި މިސްކިތްތަކާއި ކުދި މިސްކިތްތައްވެސް ހިމެނެއެވެ.

މިސްކިތަށް ދާންޖެހޭނީ މުސައްލަހިފައިގެންނެވެ. ގެއިން ވުޟޫވެސް ކޮށްގެންނެވެ. އަދި ސެނީތައިޒަރުން އަތް ސާފުކުރުމަށާއި އެނބުރި ގޮސްވެސް އަތް ސާފުކުރުމަށާއި ޞިއްހީ ގޮތުން އަންގާ އެންގުންތަކަށް ޢަމަލުކުރަން ހެލްތް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން ވަނީ އަމުރުކޮށްފައެވެ.

15 އަހަރުނަ ދަށުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލި ހުރި މީހުން މިސްކިތް ތަކަށް ނުދިއުމަށްވެސް ވަނީ އަންގައިފައެވެ.

ސައުދީން މިގޮތަށް ނިންމިއިރު މިހާރުވެސް ދުވާލަކު 1300 އާއި 1500 އާއި ދެމެދުގެ އަދަދުތަކުން ކޮރޯނާއަށް ދަނީ ޕޮޒިޓިވްވަމުންނެވެ! މިހާރުވެސް 24،000 އަށްވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. ޝިފާ ލިބުނު މީހުންގެ އަދަދު 60000 އާއި ގާތްކުރެއެވެ.

 

މިއަދު އޮންލައިން