މިދުވަސްކޮޅު ބޭރުމީހުން ލައްވައި ގޭތެރެ ސާފުކުރުމުގެ މަސައްކަތް ނުކުރުވުމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ގޭތެރެ ސާފުކޮށް ދިނުމުގެ މަސައްކަތްކޮށްދޭ ބިދޭސީންނަކީ ގިން ގެތަކެއް ސފުކުރަމުން ގެންދާ ބައެއް ކަމަށެވެ. އެހެންކަމުން އެފަދަ މީހުން ގެތަކަށް ވެއްދުން ރަނގަޅު ނޫން ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ތިއަ ބޭފުޅުން ގޭގައި ތިއްބަވާ މިފަދަ ދުވަސްކޮޅުގައި ގޭތެރެ ސާފުކުރެއްވުމުގެ މަސައްކަތް އަމިއްލަފުޅަށް ކުރެއްވުން. ރައްކައުތެރިކަމުގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ އެއީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.