ކޮރޯނާވައިރަހަށް މިއަދު 86 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި ރޭ މެންދަމު 3:30 ގެ ނިޔަލަށް 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި އަދި މިއަދު 15:00 ގެ ނިޔަލަށް 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1633 އަށް އަރާފައެވެ.
މިބަލީގައި ރާއްޖޭގައި މިހާތަނަށް 5 މީހަކު ވަނީ މަރުވެފައެވެ. އައި 242 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.