ކޮރޯނާވައިރަހަށް އިތުރު ތިރީސް ހަތަރުމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ކޮރޯނާވައިރަހަށް އިތުރު ތިރީސް ހަތަރުމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

ކޮރޯނާވައިރަހަށް އިތުރު 34 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 21 މީހަކާއި ދިވެހި 12 މީހެއް ކަމަށެވެ.

މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1547 އަށް އަރާފައެވެ. 

މިބަލީގައި ރާއްޖޭގައި މިހާތަނަށް 5 މީހަކު ވަނީ މަރުވެފައެވެ. އައި 242 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު އޮންލައިން