ކޮރޯނާވައިރަހަށް އިތުރު 56 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ
ބަންގްލަދޭޝްގެ 35 މީހަކާއި ދިވެހި 18 މީހެއްގެ އިތުރުން އިންޑިއާ 3 މީހެއް ކަމަށެވެ.
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1513 އަށް އަރާފައެވެ.
މިބަލީގައި ރާއްޖޭގައި މިހާތަނަށް 5 މީހަކު ވަނީ މަރުވެފައެވެ.