އެއްތިރީސް މެއި އިން ފެށިގެން މަސްޖިދުލް ނަބަޥީ އާންމުންނަށް އަލުން ހުޅުވާލަނީ!

ކިޔުމަށް ހޭދަވާނީ 48ސ
އެއްތިރީސް މެއި އިން ފެށިގެން މަސްޖިދުލް ނަބަޥީ އާންމުންނަށް އަލުން ހުޅުވާލަނީ!

މަދީނާގައި ހުރި މާތް ވެގެންވާ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް ނަބަޥީ، މިމަހުގެ 31 ވަނަ ދުވަހު އަލުން ހުޅުވާލަން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާތް ވެގެންވާ ދެ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަޥީ، އާންމުންނަށް ބަންދު ކޮށްފައި ހުންނަތާ ދެ މަސް ދުވަސް ވެއްޖެއެވެ.

ސައުދީ އަރަބިއާގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަގުނަ ސަލާމަތީ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

މަސަޖިދުލް ނަބަޥީ ހުޅުވާލަން ނިންމި ކަމުގައި ވިޔަސް، ސައުދީ ސަރުކާރުން ވަކިގޮތެއް އަންގަންދެން ޢުމްރާއަށް ދިޔުން މަނާކޮށްފައިވާ ކަމަށާއި، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމާއި ބެހޭގޮތުން ވަކި ގޮތެއް ވަރަށް އަވަހަށް އަންގާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މަސްޖިދުލް ނަބަޥީ އަށް ވަންނަ މީހުން، ގޭޓުން އެތެރެއަށް ވަނުމުގެ ކުރިން ރަނގަޅަށް ސެނިޓައިޒް ކުރެވޭނެ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން