ނިމިގން މިދަނީ އެންމެ ގިނަ ބައަކަށް އިންފުލުއެންޒާ ޖެހޭ ދުވަސްތައް ކަމަށާއި ނަމަވެސް ކުރީ އަހަރާއި އަޅައިބަލާއިރު މިއަހަރު އިންފުލުއެންޒާ ޖެހުނު މީހުންގެ އަދަދު ވަރަށް މަދުކަމަށް ޑރ. ޢަލީ ނަޒީމް ވިދާލުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ނަޒީމް ވިދާލުވީ މިއަހަރު އިންފުލުއެންޒާ ޖެހުނު ޟީހުންގެ އަދަދު މަދުވީ ހިފެހެއްޓުނު ރަނގަޅު ޞިއްޙީ ޢާދަތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ގިނައިން އަތްދޮވުމާއި ބޭރުގައި ނުއުޅުމާއި އަދި ކުޑަކުދިންވެސް ބޭރުގައި ނުއުޅުން ފާހަގަކުރައްވާ ކަމަށެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ ޞިއްހީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީގެން އުޅުން ދޫކޮށްލައިގެން ނުވާނެ ކަމަށާއި އަބަދުވެސް އެ ޢާދަތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހުރިހާ ޑޮކްޓަރުންވެސް ފާހަގަކުރައްވާފައިވަނީ ލިބޭ ލުއިތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ! ގިނަ މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޫކުރި ނަމަވެސް ކޮންމެހެން ނުކުންނަން ނުޖެހޭ ކަންކަމުގައި ނުނުކުތުމަށެވެ! އަދި ޢާަިލީ މީހުންނަށްވެސް ޒިޔާރަތް ނުކުރުމަށެވެ.