ވެންޓިލޭޓރަށް ލައިގެންވެސް ރަނގަޅު ނުވާނެކަމަށް އެހެން ޤައުމުތަކުގައި ބަލާ މީހުން ރާއްޖޭގައި އަންނަނީ ރަނގަޅުވަމުން!: ޑރ. މޫސާ ޙަސަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވެންޓިލޭޓރަށް ލައިގެންވެސް ރަނގަޅު ނުވާނެކަމަށް އެހެން ޤައުމުތަކުގައި ބަލާ މީހުން ރާއްޖޭގައި އަންނަނީ ރަނގަޅުވަމުން!: ޑރ. މޫސާ ޙަސަން

ވެންޓިލޭޓރަށް ލައިގެންވެސް ރަނގަޅު ނުވާނެކަމަށް އެހެން ޤައުމުތަކުގައި ބަލާ މީހުން ރާއްޖޭގައި އަންނަނީ ރަނގަޅުވަމުން ކަމަށް ޑރ. މޫސާ ޙަސަން ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހަސަން ވިދާޅުވީ ވެންޓިލޭޓަރަށްލާ މީހުންގެ 98 އިންސައްތަ މީހުން މަރުވާނެ ކަމަށް ބުނަމުން އައި ނަމަވެސް ޓްރީ ޓޮޕްގައި ވެންޓިލޭޓަރަށް ލާން ޖެހުނު 2 މީހުންވެސް ވެންޓިލޭޓަރުން މިހާރު ނެގިފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ސަކްސަސް ހަމަ ރަނގަޅު! އައިޖީއެމްއެޗްގަ ސްޓްރޯކް، ޑައިބެޓިސް ފަދަ ހުރިހާ ޢަލާމާތްތައް ހުރި 71 އަހަރުގެ މީހަކު، ވެންޓިލޭޓަރުން ނަގައި މިއަދު އޮކްސިޖަން އޮފްކޮށްލައިގެންވެސް އެބަ މެނޭޖް ކުރެވޭ. ވެންޓލޭޓރަށް ލައިގެންވެސް ރަނގަޅު ނުވާނެ ކަމަށް ބެލެވޭ މީހުން ވެސް މިދަނީ ރަނގަޅުވަމުން." ކަމަށްވެސް ޑރ. މޫސާ ޙަސަން ވިދާޅުވިއެވެ. 

ޑރ. މޫސާ ޙަސަން ވިދާޅުވީ މިހާރުވެސް 147 ވެންޓިލޭޓަރު އެބަހުރި ކަމަށާއި އިތުރު ވެންޓިލޭޓަރުވެސް ލިބުމުގެ މަގުމަތީގައި އެބަހުރި ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރަށް ލާން ޖެހެނީ ވަރަށް މަދު މީހަކު ކަމަށެވެ. 

ޑރ. މޫސަ ޙުސައިން ވިދާޅުވީ އޮކްސިޖަން ސްޓޮކް ވެސް ހިތްހަމަޖެހޭ ވަރަށް ރާއްޖޭގައި އެބަހުރި ކަމަށެވެ. "އޮކްސިޖަން ކެޕޭސިޓީ ރާއްޖޭގައި ހުންނަނީ 7 މިލިއަނުގަ. އެކަމަކު ސާޖެއް އަތުވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވޭ އެންމެ މަދުވެގެން ވެސް އެ ސްޓޯރޭޖް 14 މިލިއަނަށް ގެންނަން. މިއަދު ސްޓޯރޭޖް 36 މިލިއަނަށް ވަނީ އިތުރު ކުރެވިފަ. މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެން ދިއަ ވަރަށް ބޮޑަށް ކުރިއެރުމެއް" ކަމަށްވެސް ޑރ. މޫސާ ޙަސަން ވިދާޅުވިއެވެ.

މިއަދު އޮންލައިން