ލުއިތަކުގެ ނަތީޖާ އެނގޭނީ ދެ ހަފްތާ ފަހުން: ޑރ. ލަތީފު

ކިޔުމަށް ހޭދަވާނީ 38ސ
ލުއިތަކުގެ ނަތީޖާ އެނގޭނީ ދެ ހަފްތާ ފަހުން: ޑރ. ލަތީފު

ލޮކްޑައުނުން ދޭ ލުއިތަކުގެ ސަބަބުން ނުކުންނަ ނަތީޖާ އެގޭނީ ދެހަފްތާ ފަހުންކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ލޮކްޑައުނުންދޭ ލުއިތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޑރ. ލަތީފް މިރޭ ވިދާޅުވީ ލުއިތައް ދިނުމުގައި ބައެއް ހިފެހެއްޓުންތަށް ބަހައްޓާފައިވާނެ ކަމަށާއި އޭގެ ނަތީޖާތަށް އެނގޭނީ ދެ ހަފްތާ ފަހުން ކަމަށެވެ.

މީގެއިތުރުން ޑރ. ލަތީފު ވިދާޅުވީ ދޭ ލުއިތަކުގެ އެސެސްމެންޓެއް ހެދޭނީ ތިންވަނަ ހަފްތާގައި ކަމަށާއި ކުރިން ކާފިއު ހިންގި ދުވަސްވަަރު ވަގުތު ހަމަވުމުން ގިނަ ބަޔަކު މަގުމައްޗަށް ނިކުމެފައިވުމުން މިފަހަރު ހިފެހެއްޓުންތަކާއި އެކު ލުއިތައް ދޭންޖެހުނީ، އެގޮތަށް ގިނަ ބަޔަކު އެއްފަހަރާ ނިކުމެއްޖެނަމަ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެތީ ކަމަށެވެ.

މިއަދު އޮންލައިން