ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 10 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި 24 ގަދިއިރު ތެރޭގައި 822 ސާމްޕަލް ޓެސްޓް ކުރެވުނު ކަމަށާއި އެއިގެ ތެރެއިން 43 މީހެއްގެ ސާމްޕަލް ޕޮޒިޓިވެވެފައިވާ ކަމަށެވެ. މިހާރު ފަރުވާ ދެވެމުން ދަނީ 1242 މީހުންނަށް ކަމަށެވެ.