ދުނިޔޭގެ ނިޞްބަތުންވެސް ރާއްޖޭގަ ބަލިޖެހި ސީރިއަސްވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު!: ޑރ. ޝީނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުނިޔޭގެ ނިޞްބަތުންވެސް ރާއްޖޭގަ ބަލިޖެހި ސީރިއަސްވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު!: ޑރ. ޝީނާ

ކޮރޯނާ ވައިރަސް ފެތުރުނު ދުނިޔޭގެ ޤައުމުތަކުގެ ނިޞްބަތުން ބެލި ނަމަވެސް ރާއްޖޭގައި ބަލި ޖެހުނު މީހުންނަށް ބަލާއިރު ސީރިއަސްވި ނުވަތަ ޙާލު ބޮޑުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކަމަށް ޑރ. ޝިނާ މޫސާ ވިދާޅުވެއްޖެއެވެ! 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށެވެ. އަދި ޙާލު ސީރިއަސްވި މީހުންގެ އަދަދުވެސް ހަމައެހައި މަދު ކަމަށެވެ. 

ޑރ. ޝީނާ މިމޭރުމުން ވިދާޅުވިއިރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އެންމެ 3 މީހުންނެވެ. މިއީ ވެސް ދުނިޔޭގެ ނިޞްބަތުން ވަރަށް ބޮޑުތަން މަދު އަދަދެކެވެ. 

ޑރ. ޝީނާ މިރޭ ވެސް ވިދާޅުވީ ލުއި ދިނުމުން ބަލި ކޮންޓްރޯލް ކުރުމުގެ ފުރުޞަތު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. ބަލަން ޖެހޭ ކަންތައްތަކަށް ރައްޔިތުން ނުބަލައިފިނަމަ ބަލި ފެތުރިގެންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވގެން ހިނގައިދާނެ ކަމަށެވެ. 

ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ނިޞްބަތަށް ބަލައިފިނަމަ ދިވެހިންގެ ނިޞްބަތަކީ 35 އިންސައްތަ ކަމަށެވެ.

މިއަދު އޮންލައިން