ފުރަތަމަ ފިޔަވަހީގަ މިސްކިތްތައް ނުހުޅުވާނެ!: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ފުރަތަމަ ފިޔަވަހީގަ މިސްކިތްތައް ނުހުޅުވާނެ!: އަމީން

ލޮކްޑައުންގެ ޙާލަތަށް މާދަމާ ލުއިތަކެއް ދޭން ނިންމާފައިވާއިރު ފުރަތަމަ ފިޔަވަހީގައި މިސްކިތްތައް ނުހުޅުވާނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވީ މާދަމާއިން ފެށިގެން ކޮންމެ ގޭބިސީއަކުންވެސް 3 މީހަކަށް ހަފުތާއަކު އެއް ފަހަރު ދެ ގަޑިއިރަށް ނުކުމެ އުޅުމުގެ ފުރުސަތު  ލިބޭނެ ކަމަށެވެ. އަދި މާލެ އިން މުދާ ގެންދިއުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެއީ އަދި ހުއްދަ ދީފައިވާ ކަންކަން ނޫން ކަމަށެވެ! 

މިރޭގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހުޅުވާލަނީ ބަލި އިތުރަށް ފެތުރުނު ނަމަވެސް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިހާރު ކޮރޯނާއަށް ޚާއްޞަ މަރުކަޒެއް އެބަހުރި ކަމަށާއި 300 ވަރަކަށް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ކަމަށެވެ.

މިއަދު އޮންލައިން