ރާއްޖެ އާއި ލަންކާގެ ގާތް ގުޅުމުގައި، ރާޖަޕަކްސާ ވަނީ މުހިއްމު އިސް ދައުރެއް އަދާކުރައްވާފަ: ރައީސް ޞާލިޙް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާއްޖެ އާއި ލަންކާގެ ގާތް ގުޅުމުގައި، ރާޖަޕަކްސާ ވަނީ މުހިއްމު އިސް ދައުރެއް އަދާކުރައްވާފަ: ރައީސް ޞާލިޙް

ރާއްޖެ އާއި ސްރީލަންކާގެ ގާތް ގުޅުމުގައި، ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެ ވަނީ މުހިއްމު އިސް ދައުރެއް އަދާކުރައްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެެ. 

ރައީސް މިހެން ވިދާޅުވީ ރާޖަ ޕަކްސެ އެގައުމުގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރައްވާތާ 50 އަހަރު ފުރުމުން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ސްރީލަންކާގެ އިސް މަޤާމުތަކުގައި ހުންނަވައިގެން މަހިންދަ ރާޖަ ޕަކްސެވަނީ ރާއްޖެއާ އެޤައުމާދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާއިކަމަށާއި  އަދި ދެގައުމުގެ  ގުޅުމުގައި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަކީ ޗެމްޕިއަނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހިންދަ ރާޖަ ޕަކްސެ ފުރަތަމަ އިންތިޚާބުވީ 1970 ވަނަ އަހަރުގައެވެ.

މިއަދު އޮންލައިން