ކޮރޯނާއަށް ސާމްޕަލް ނަގާ ދުވަހަށް ނުބަލައި ޑޮކްޓަރު ބައްލަވާ ދުވަހުން ފެށިގެން 21 ދުވަސް ހަމަކޮށް ރަނގަޅުވިތޯ ބަލަން ސާމްޕަލް ނަގާކަމަށް ބުނެ ޕޮޒިޓިވްވެފައި ތިބި ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
"އަޅުގަނޑަކީ އަމިއްލައަށް އެދިގެން މިމަހުގެ 4 ވަަނ ދުވަހު ސާމްޕަލް ދިން މީހެއް! ޕޮޒިޓިވްވިކަން އެންގީ 8 ވަަނ ދުވަހު. ޑޮކްޓަރު ބެއްލެވީ 12 ވަނަ ދުވަހު. އަޅުގަނޑުގެ 21 ދުވަސް އެ ގުނަނީ ޑޮކްޓަރު ބައްލަވައި ރިޕޯޓް ލިޔުއްވި ދުވަހުން ފެށިގެން. ނަމަވެސް އަޅުގަނޑަށް ބަލި ޖެހިފަ މިވަނީ 12 ވަނަ ދުވަހަކު ނޫނެއް ނޫންތޯ؟
ބަލި ޖެހުނު ދުވަސް ނުއެނގުނު ނަމަވެސް 4 ވަނަ ދުވަހު ނެގި ސާމްޕަލް ޕޮޒިޓިވްވީ އެއިރު އަޅުގަނޑަށް ބަލި ޖެހިފަ ހުރެގެން ނުންތޯ؟ ދެން ކޮން 12 ވަަނ ދުވަހެއްތޯ މިއަންނަނީ؟ އަޅުގަނޑު ރޮއި އަދޭސްކޮށްފަ މިދަންނަވަނީ އެކަމަށް ހިނހގާ ހުރިހާ ޚަރަދެއްވެސް ދެން އަޅުގަނޑު މިހުރީ ތައްޔާރަށޭ! ކުރިއަށް ވެސް ފައިސާ ދައްކަފާނަމޭ! ސާމްޕަލް ނެގި ދުވަހުން ފެށިގެން 21 ދުވަސް ހަމަކޮށްފަ ސާމްޕަލް ނަންގަވައި ދެއްވާށޭ! ކުރިއަށްވެސް އަގުދައްކަން މިހުރީ ތައްޔާރަށޭ! އެއިރުން އަޅުގަނޑުގެ ސާމްޕަލް މިހާރު ނަގަން ޖެހޭނެއޭ!"
އޭނާ ބުނި ގޮތުގައި ފަރުކޮޅުފުށީ ކަރްންޓީނު ސެންޓަރުގައި މަދިރި ގިނަކަމުން ތިބެން ޖެހެނީ މަތިމައްޗަށް ބެޑްޝީޓް އަޅައި ފޮރުވިގެންނެވެ. އެހެންކަމުން ހޭދަކުރަމުން ދަނީ ވަރަށް ދަތި ދުވަސްތަކެކެވެ.
މި މައަުލޫމާތު މިއަދުނޫހާއި ހިއްޞާކުރީ މިއަދުނޫސް ވަރަށް ރަނގަޅަށް ދަންނަ އިތުބާރުކުރެވޭ ފަރާތަކުންނެވެ!