ކޮރޯނާވައިރަހަށް އިތުރު 58 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާގެ 14 މީހަކާއި ނޭޕާލްގެ 6 މީހެއް ކަމަށެވެ.
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1,371 އަށް އަރާފައެވެ.
މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.