46 ވަނަ މަސްވެރިންގެ ދުވަހުގެ އާޓް އެގްޒިބިޝަނަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
46 ވަނަ މަސްވެރިންގެ ދުވަހުގެ އާޓް އެގްޒިބިޝަނަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އާޓް އެގްޒިބިޝަނަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު، ވުޒާރަތުލް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ރަސްމީކޮށް ހުޅުވާލައިފިއެވެ.

"ސީސައިޑް ސްޓޯރީސް - ސެލެބްރޭޓިން ފިޝަރީސް ތްރޫ އާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މި މައުރަޒު އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 6 އިން 10 ގެ ނިޔަލަށެވެ.

މި އެގްޒިބިޝަންގައި ކުރެހުންތައް ހުށަހެޅުމަށް ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އެއީ 12 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ ޖޫނިއަރ ކެޓަގަރީއާއި، 12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލެވިފައިވާ އޯޕަން ކެޓަގަރީގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތަކަށް އަމާޒުކޮށްފައިވާ އިންޓަނޭޝަނަލް ކެޓަގަރީއެވެ.

އިންޓަނޭޝަނަލް ކެޓަގަރީގެ ހުށަހެޅުންތައް ހުންނަންވާނީ ބޭރު ޤައުމެއްގެ މީހެއްގެ ނަޒަރުން ރާއްޖޭގެ މަސްވެރިކަމާއި، މަސްވެރި ސަގާފަތުގެ އިތުރުން ދިވެހިންގެ ސާދާ ދިރިއުޅުން ބައިނަލްއަޤުވާމީ މަންޒަރެއްގައި ސިފަކޮށްދޭ ފަދަ މާނަފުން ގޮތަކަށެވެ.

މި މައުރަޒަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، އެ ވުޒާރާއިން އާންމުކޮށްފައިވާ ޚާއްޞަ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން