މިއަދު ރާއްޖޭގެ ގިނަ މިސްކިތްތަކުގަ ޖަމާޢަތުގަ ޢީދު ނަމާދުކުރި މަންޒަރު ވަރަށް އުފާވެރި!: އަނާރާ ނަޢީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިއަދު ރާއްޖޭގެ ގިނަ މިސްކިތްތަކުގަ ޖަމާޢަތުގަ ޢީދު ނަމާދުކުރި މަންޒަރު ވަރަށް އުފާވެރި!: އަނާރާ ނަޢީމް

"ޢީދު ދުވަހަކީ އުފާ ފާޅުކުރުމަށްޓަކައި ދީނުގައި ލައްވާފައިވާ ދުވަހެކެވެ. މިއަދު ދިވެހިރާއްޖޭގެ ގިނަ މިސްކިތްތަކުގަ ޖަމާޢަތުގަ ޢީދު ނަމާދުކުރި މަންޒަރު ވަރަށް އުފާވެރިއެވެ . ކުރެވުނު ހެޔޮ ޢަމަލުތަކަށް އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާށެވެ. الحمدلله.": އަނާރާ ނަޢީމް 

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ ތެރެއިން މާލެ ސިޓީ އާއިއެކު 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި މިއަދު ވަނީ ޢީދު ނަމާދުކޮށްފައެވެ! އެހެންކަމުން އަނާރާ އެވަނީ މިފަދަ ދަނޑިވަޅެއްގައި ވެސް ﷲ ތައާލާ މިންވަރު ކުރެއްވެވި ނިޢްމަތަށް ޝުކުރުވެރިވާ ބައަކު ކަމުގައި ވުމަށް އިލްތިމާސްކުރައްވައިފައެވެ. 

މީގެ އިތުރުން 1200 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވިއިރު ރޭ ހާމަކުރި ރިޕޯޓުގައިވާ ގޮތުން ވެންޓިލޭޓަރުގައި އޮތީ ހަމަ އެންމެ މީހެކެވެ. ރާއްޖޭގައި ކުރިންސުރެ ހުރި 97 ވެންޓިލޭތަރުގެ ތެރެއިން 96 ވެންޓިލޭޓަރު ހުރީ ހުހަށެވެ! އައިސީޔޫގައި ފަރުވާ ދެވެމުން ދަނީ ވެންޓިލޭޓަރުގައި އޮތް މީހާ އާއިއެކު އެންމެ 3 މީހުންނަށެވެ! މިހައިތަނަށް ބަލީގައި މަރުވީ 4 މީހުންނެވެ! އެއިގެ ތެރެއިން އެކަކު މަރުވީ ކޮރޯނާގެ ސަބަބުންކަން ޑޮކްޓަރުންކަން ކަށަވަރުކޮށެއް ނުދެއްވައެވެ. ވީމާ މިއީ ވެސް (މަރުވި މީހުންގެ ނިޞްބަތް މަދުވުމުން) ދުނިޔޭގެ ފެންވަރުގެ ރެކޯޑް އަދަދަކެވެ.  

ﷲ ތަޢާލާގެ ނިޢްމަތް ދިވެހިންނަށް ހަމަ ވަރަށް ބޮޑެވެ! އޮތީ ޝުކުރުވެރިވުން އިތުރުކުރުމެވެ!

މިއަދު އޮންލައިން