"ހާޖަރުގެފާނު ޞަފާ އާއި މަރުވާ އާއި ދެމެދު ދުވެވަޑައިގަތް ހިނދު އުއްމީދަކީ ކަންވާރެއް ފުރާލާނޭ މަދު ފެން ފޮދެކެވެ. ﷲ ދެއްވެވީ ޒަމްޒަމްގެ އާރެކެވެ. ކެތްތެރިވެ މަސައްކަތް ކޮށްފިނަމަ، ﷲގެ ދީލަތި ދެއްވުން އަންނަނީ އެފަދައިންނެވެ!"
- ޝައިޚް އިލްޔާސް ޖަމާލް
ޝައިޚް އިލްޔާސް ޖަމާލް މިމޭރުމުން ވިދާޅުވެފައިވަނީ ޢީދުގެ ތަހުނިޔާ ވިދާޅުވެ ޢާންމުކުރެއްވި މެސެޖުގައެވެ. އެމެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ "ކޮރޯނާއަށްފަހު ލިބިގެންދާނީ "ކްރައުން (ތާޖެއް)" ކަމަށްވެސް ވެދާނެ" ކަމަށެވެ.
އިބްރާހީމްގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނު ސަފާ ފަރުބަދައާއި މަރުވާ ފަރުބަދަ އާއި ދެމެދުގައި ދުވެވަޑައިގަތީ ތުއްޕުޅު ދަރިކަލުން އިސްމާޢީލްގެފާނު ކީރިތިކުރައްވަވަން ފެށްޓެވުމުން ދެއްވަވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތުމުން މަދު ފެންފޮދެއްގެ އުންމީދުގައެވެ.
އެކަމަނާގެ ކެތްތެރިކަމާއި ﷲ ތައާލާއަށް ކިޔަމަންތެރިކަން ބޮޑުކަމުގެ ނަތީޖާއެއްގެ ގޮތުން ﷲ ތައާލާ މިންވަރުކުރެއްވެވީ ޒަމްޒަމް އެވެ ކިޔުނު ފެން އާރެވެ. މިއަދާއި ހަމައަށްވެސް އެ އާރުގެ ފެނަށްވުރެ ފައިދާހުރި ފެނެއް ދުނިޔެއިން ފެނިފައެއް ނުވެއެވެ!