"އެއްވެސް އަޅުކަމެއް އެންމެ ފުރިހަމައަށް ނުކުރެވިދާނެކަމުގެ ބިރަށް ނުކޮށް ދޫކޮށްނުލާށެވެ! އެމީހަކަށް އެނގޭ މިންވަރަކުން ވީހައި ރަނގަޅަށް ކުރަން މަސައްކަތްކުރާށެވެ! އުނިވާބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ.
އަޅުކަން ކުރަން ތިބާ އުފުލާ ބުރަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ! ތިމާއަށް ނުއެނގޭ ކަންކަން ކުރަން ދަސްކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ! ނުއެނގޭ ކަންކަން އެނގޭ ކަމަށް ހެދިގެން އުޅުމާއި ދަސްކުރަން މަސައްކަތްކުރުމަކީ ޖާހިލުންގެ ސިފައެވެ!"
- މުފްތީ މެންކް
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ މި ބަސްފުޅުތަކަށް ފުންކޮށް ވިސްނައިލާށެވެ!
ގިނަ އަދަދެއްގެ މުސްލިމުންނަށް މާދަމާގެ ޢީދު ނަމާދު ކުރަން ޖެހިފައިމިވަނީ އަމިއްލައަށެވެ! މިސްކިތްތަކުގައި ޖަމާޢަތުގައި ކުރެވެން ނެތުމުންނެވެ! އެއީ އެއްވެސް މުސްލިމަކު ނުވަތަ އެހެންވެސް މީހަކު ކުރިމަތިކުރުވަން ބޭނުންވި ޙާލަތެއް ނޫނެވެ! ﷲ ތަޢާލާ މިންވަރުކުރެއްވެވި ޙާލަތެކެވެ!
ވީމާ އަމިއްލަ ނަފްސަށް އިތުބާރުކޮށް ވީހައި ފުރިހަމައަށް ޢީދުނަމާދުކުރަން މަސައްކަތްކުރާށެވެ! ފުރަތަމަ ރަކްޢަތުގައި އިތުރަށް ކިޔންޖެހޭ 7 ތަކްބީރާއި ފަހު ރަކްޢަތުގައި އިތުރަށް ކިޔަން ޖެހޭ 5 ތަކްބީރަށް ސަމާލުކަން ދޭށެވެ! އިޚްލާޞްތެރިކަމާއެކު ކުރަން މަސައްކަތްކުރަނިކޮށް އުނިވާ ކަންކަމަށް ﷲ ތަޢާލާ ޢަފޫކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
އަހަރެމެންނަށް ކުރެވޭ ބޮޑެތި ފާފަތަކަށް ވެސް ޢަފޫކޮށްދެއްވަވާއިރު އިޚްލާޞްތެރިކަމާއިއެކު ކުރަން މަސައްކަތްކުރާ ކަމެއްގައި އުނިވުމުން ޢަޒާބު ދެއްވަވާނެ ކަމަށް ހީވެސް ކުރުމެއް ނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން