ކޮރޯނާވައިރަހަށް އިތުރު ތިރީސް ނުވަމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ކޮރޯނާވައިރަހަށް އިތުރު ތިރީސް ނުވަމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

ކޮރޯނާވައިރަހަށް އިތުރު 39 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހުންގެ އިތުރުން އިންޑިއާގެ 7 މީހަކާއި ސްރީލަންކާ މީހެއް ކަމަށެވެ. 

މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1313 އަށް އަރާފައެވެ. 

މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ. 

މިއަދު އޮންލައިން