ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ހެޔޮ ތަޢުފީޤް އަޅަމެން އެންމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާށި! ހިތާމައަކީ ބަރަކާތްތެރި ރަމަޟާންމަހަށް އަޅުގަނޑުމެން މިވަނީ ވަކިވުމަށް ވަރަށް ދާދި ކުޑަދުވަސްކޮޅަކަށް ވެފައި. އެންމެ ދުވަހަކަށްވެފައި!
އަޅުގަނޑުމެން ރަމަޟާންމަހުގެ އަދާކުރި އަޅުކަންތައް ހީވާގިކަމާއެކު އަދާކުރި މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ ހެޔޮ ދަރުމައާއި ސަވާބު ދެއްވަވާށި. ޝައްކެތްނެތް އަޅުގަނޑުމެން އިންސާނުންނަކީ އަބަދުވެސް އަޅަމެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށް އެދޭ ބައެއް. ކުއްތަންވާންޖެހޭ ބައެއް. އެކަލާނގެ އެންގެވިގޮތުގެ މަތިން އަޅުގަނޑުމެން އަމަލުކުރަންޖެހޭ ބައެއް.
އެހެންވީމާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަކީ އެއީ އެކަލާނގެ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުނާންއި އުޚްތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުން ވަކިން ޚާއްސަގޮތެއްގައި ބަރަކާތްތެރި ރަމަޟާން މަހުގައި ފަރުޟު ފަސްނަމާދުގެ މައްޗަށް ރައްކާތެރިވާނެ. ނަމަވެސް ރަމަޟާންމަސް ދިއުމަށްފަހުގައި އެއަޅުކަމާއި ދުރަށް ދާތަން.
އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މިނުރައްކާތެރި ވަބާ ނުވަތަ މުސީބާތުންވެސް އަރައިގަތުމަށްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ކުއްތަންވެ ރުޖޫޢަވާންޖެހޭ. އަދި ވަކިން ޚާއްސަކޮށް އަބަދުވެސް އެކަލާނގެ ރަހުމަތަށް އުންމީދުކޮށް އަޅުގަނޑުމެން އެކަލާނގެ އަޛާބަށް ބިރުވެތިވާންޖެހޭ.
އެހެންވީމާ މުއުމިނުންގެ ސިފައަކީ އެމީހުންނަކީ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިވުމުގައި ނުވަތަ އަޅުކަން ކުރުމުގައި ދެމިތިބޭ ބައެއް. ކީރިތި ޤުރުޢާންގައި ﷲ ވަހީކުރައްވާފައިވަނީ "މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި އެމީހުންނަކީ ނަމާދު ، އަޅުކަންކުރުމުގައި ނަމާދުގައި ދެމިތިބޭ ބައެކޭ.
އަޅުގަނޑުމެން ނަމާދުގައި ދެމިތިބުމުގެ މާނައަކީ އެނަމާދު ވަގުތުން އަދާކުރުމާއި އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ހުރިހާ ވަގުތެއްގައިވެސް އެކަމަށް ސަމާލުކަންދީގެން އެނަމާދަށް ރައްކާތެރިވާންޖެހޭކަމެވެ.
ސަބަބަކީ އަޅުގަނޑުމެންގެ އެނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީނުގެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަން. އަދި އިސްލާމްދީނުގައި އެންމެ ފަހުން ނެތިދާނެ އަޅުކަންވެސްމެ. އެހެންވީމާ ފަރުޟު ފަސްނަމާދު އަދާކުރުމަށްވުރެ މަތިވެރި އަމަލެއްނެތް.
ކީރިތި މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމް ގެ އަރިހުގައި ސުވާލު ދެންނެވުނު. "ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަމަލަކީ ކޮބައިތޯއޭ". ޙަދީޘްފުޅުކުރެއްވެވީ "ނަމާދު އޭގެ ވަގުތުގައި އަދާކުރުމޭ."
އަދިވަކިން ޚާއްސަކޮށް އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުން މިނުރައްކާތެރި މިބިރުވެރި ހާލަތުގައިވެސް އަޅުގަނޑުމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަހުމަތުން އުންމީދެއް ކަނޑާނުލަމު. އެގޮތުގެ މަތިން އަޅުގަނޑުމެން ގޭގައި ތިބެގެން އަޅުގަނޑުމެން ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަންކުރަމުން މިދިއައީ. ހީވާގި ކަމާއެކު އެކަލާނގެ ހަޟްރަތުގައި ދަރުމައަށް އެދިގެން ސަވާބަށް އެދިގެން އަޅުގަނޑުމެން އަޅުކަން ކުރަމުން ދިޔއައީ. އަޅުގަނޑުމެންގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ކުރަމުންދިއައީ. ރޭގަނޑުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރަމުން ދިއައީ.
ނަމަވެސް ހިތާމައަކީ ބައެއް މީހުން ދެކޭގޮތުގައި ރަމަޝާން މަސް ދިއުމަށްފަހުގައި ދެން އެއީ އަޅުގަނޑުމެން ދުނިޔަވީ ހަޔާތުގައި އަޅުގަނޑުމެން ނުބައި ކަންތައްތައް ކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ދެކިގެންދޭ. ނަމަވެސް މިއީ ވަރަށް ހިތާމަވެރިކަމެއް. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަބަދުވެސް، އަޅުގަނޑުމެންނަކީ އެކަލާނގެ ހަޟްރަތަށް ކުއްތަންވެ އެކަލާނގެ ހަޟްރަތަށް ކިޔަމަންތެރިކަމުގެ ދަށުގައި ތިބެންޖެހޭ ބައެއް.
އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ނިއުމަތްތައް ދެއްވާފައިވޭ. ހުރިހާ ނިއުމަތްތަކަކީވެސް ﷲގެ ހަޟްރަތުން އަޅުގަނޑުމެންނަށް ލިބެނިވި ނިޢުމަތެއް. މިއުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދައްކަވާދެއްވާފައިވާ ނަމޫނާއަކީ އެކަލޭގެފާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ރައްކާތެރިކަމާއި އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާ ބޭކަލެއް ކަމުގައި ވީހިނދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ އެކަލޭގެފާނު އިސްތިގްފާރު ކުރައްވާ އެކަލޭގެފާނު ހެޔޮ އަޅުކަން އަދާކުރުމުގައި ހީވާގިވެ ވަޑައިގެންނެވި.
އެއީ ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްރާއާއި މިއުރާޖުގެ ރެއަށްފަހު އެކަލޭގެފާނު އަސްހާބް ބޭކަލުންނާ މުހާތަބްކުރައްވާ ވިދާޅުވީ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާއާއި މިއުރާޖު ދެއްކެވި ކަންތައްތައް ދެއްކެވިނަމަ ތިއަބައިމީހުން ވަރަށް މަދުންނޭ އުފާކުރީހީ.
އެހެންވީމާ އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ބަރަކާތްތެރި ރަމަޟާންމަހުގައިވެސް އަޅުގަނޑުމެން ކުރާ އަމަލުތައް ސުންނަތް އަޅުކަމާއި ގުރުއާން ކިޔެވުމާއި ފަރުޟު ފަސްނަމާދުގެ މައްޗަށްރައްކާތެރިވެ އަޅުގަނޑުމެން އަލުން ހީވާގިވާން އެބަޖެހޭ.
އަދި މިއާ ވިދިގެން އަޅުގަނޑުމެން މިއަންނަ ޝައްވާލް މަހުގައި ހަރޯދަ އަޅުގަނޑުމެން ހިފަން އެބަޖެހޭ އަހަރުގެ އެހެން ދުވަސްތަކުގައިވެސް މަހަކު ތިންރޯދަ ހިފުމާއި އަދި އަޅުގަނޑުމެންނަށް ހޯމަ ބުރާސްފަތި ދުވަހު ރޯދަ ހިފުން . އެހެންވީމާ ހުރިހާ އަޚުނާއި އުޚްތުންވެސް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ހުރިހާ އަޚުންނާއި އުޚްތުންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަނީ ވަސިއްޔަތްކުރަނީ އަޅުގަނޑުމެން ހެޔޮކަމުގައި ދެމިހުރުން. އެއީ ކީރިތި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްފުޅު ކުރައްވާފައިވަނީ "ހެޔޮ އަމަލަކީ ދެމިގެންދާ ގޮތުގައި ކުރެވޭ އަމަލެކޭ! އެއީ މަދު އަމަލެއްކަމުގައި ވިޔަސް.
އެހެންވީމާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމުގެ ހެޔޮ ތަޢުފީޤް ދެއްވާށި. އަދި އަޅުގަނޑުމެން ރަމަޟާން މަހު ހިފި ރޯދައާއި ކުރި ހުރިހާ އަޅުކަމެއް އެކަލާނގެ ޤަބޫލުކުރައްވައި އަޅުގަނޑުމެންގެ ކިބައިން މިމުސީބާތް ފިއްލަވައި ބަލިމަޑުކަމުން ފިއްލަވައި އަޅުގަނޑުމެން ފާގަތި ދުވަސްތަކެއް ދެއްކެވުން. އާމީން
- ޝައިޚް ޢިއްޒުއްދީން ޢަދުނަން މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސް ވީޑިއޯ: