ޑޮކްޓަރުން ކޮންމެ ދުވަހަކު ހުރިހާ ބަލިމީހުން ނުބައްލަވާނެ! ބައްލަވާނީ ޙާލަތަށް ރިޢާޔަތްކޮށްގެން!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޑޮކްޓަރުން ކޮންމެ ދުވަހަކު ހުރިހާ ބަލިމީހުން ނުބައްލަވާނެ! ބައްލަވާނީ ޙާލަތަށް ރިޢާޔަތްކޮށްގެން!: މަބްރޫކް

ކޮރޯނާއަށް ޕޮޒިޓިވްވެ އައިސޮލޭޓްކޮށްފައިވީނަމަވެސް ޑޮކްޓަރުން ކޮންމެ ދުވަހަކު ހުރިހާ ބަލިމީހުން ނުބައްލަވާނެ ކަމަށާއި ބައްލަވާނީ ބަލިމީހާގެ ޙާލަތަށް ރިޢާޔަތްކޮށްގެން ކަމަސް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ޕޮޒިޓިވްވެގެން ގެންދިއުމުން ޑޮކްޓަރުން ބައްލަވާނެ ކަމަށާއި އަދި ބަލިން ޝިފާ ލިބުމުންވެސް ބައްލަވާނެ ކަމަށެވެ. ފަރުވާގައި ހުންނައިރު ކަންކަން ބަލާނީ ނަރުހުން ކަމަށާއި ޑޮކްޓަރުން ބައްލަވަމުން ގެންދަވާނީ ނަރުހުން ފާހަގަކުރާ ބަލިމީހުން ކަމަށެވެ. "ޢާންމު ހާލަތުގައި ބަލިމީހުން ތިބޭއިރު އެމީހުންގެ ކަންކަން ބަލަހައްޓާނީ ނަރުހުން!"

ޑރ. އަފްޒަލް ވިދާޅުވީ މިހައިތަނަށް ގްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ޕޮޒިޓިވްވާ އަދަދު ވެސް އަންނަނީ އިތުރުވަމުން ކަމަށެވެ. "ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 239 މީހަކު ވަނީ ޕޮޒިޓިވްވެފައި."

މިއަދު އޮންލައިން