މިރޭގެ ޕްރެސް އާއި ހަމައަށް ކޮރޯނާ ވައިރަސް އިން ޝިފާ ލިބުނު މީހުންގެ އަދަދު 109 އަށް އަރައިފި ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް މިރޭ ވިދާޅުވީ ޝިފާ ލިބުނު މީހުންގެ ތެރޭގައި 62 ދިވެހިންނާއި ބަންގްލަދޭޝްގެ 23 މީހުން ހިމެނޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ދުވާލަކު 30، 50 މީހުން ޕޮޒިޓިވްވާނަމަ އެއީ ބޭސްލައިން ކަމަށެވެ. އަދި 50 ވަރަކަށް މީހުން ދުވާލަކު ޕޮޒިޓިވްވާނަމަ އެއީ މިފަދަ ބައްޔެއްގައި ގިނަ އދަދެއް ނޫން ކަމަށެވެ.