ރޯދަ މަހުގެ ފަހު ދުވަހަކީ މާދަމާ ‍- ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް: އިސްލާމިކް މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ރޯދަ މަހުގެ ފަހު ދުވަހަކީ މާދަމާ ‍- ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް: އިސްލާމިކް މިނިސްޓްރީ

މި ރޯދަ މަހުގެ ފަހު ދުވަހަކީ މާދަމާ ކަމާއި އަންނަ އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގަރާރުގައެވެ.

ގަރާރުގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރުއޮއްސުމަށް ފަހު، ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ސާބިތު ކުރެވިފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ނުވާތީ ކަމަށެވެ.

މިއަދު އޮންލައިން