ކޮރޯނާވައިރަހަށް އިތުރު ފަންސާސް އަށްމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
ކޮރޯނާވައިރަހަށް އިތުރު ފަންސާސް އަށްމީހަކު މިއަދު ޕޮޒިޓިވް ވެއްޖެ

ކޮރޯނާވައިރަހަށް އިތުރު 58 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި ބަންގްލަދޭޝްގެ 38 މީހުންގެ އިތުރުން އިންޑިއާގެ މީހެއް ކަމަށެވެ.

މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1274 އަށް އަރާފައެވެ. 

މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ. 

މިއަދު އޮންލައިން