އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ޢަމަލު ‍- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ޢަމަލު ‍- ޙަދީޘުން

އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ސަބަބު ކަމުގައި ނުވަތަ ޢަމަލުކަމުގައި ޙަދީޘުން ފެންނަން އޮތީ ހަަމ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވޭނެ 2 ކަމެކެވެ. 

އަބޫހުރައިރާ ރަޟިއަﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ. 

ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އާ ސުވާލުކުރެވުނެވެ. "މީސްތަކުން އެކަމެއްގެ ސަބަބުން އެންމެ ގިނައިން ސުވަރުގެ ވައްދަވަނީ ކޮންކަމަކާއި ގުޅިގެންތޯއޭ؟"

ޖަވާބުގައި ހަދީޘްކުރެއްވެވިއެވެ. " އެންމެ ގިނައިން މީހުން ސުވަރުގެ ވެއްދެނީ ﷲ އަށް ތަޤުވާވެރިވުމާއި އަދި ރިވެތި އަޚްލާޤް ގެ ސަބަބުންނެވެ!"

ސުވަރުގެ ވަންތަ ވެރިން ސުވަރުގެ ވަދެވުން އެސިފަތަކެއް އަޅުގަނޑުމެންގެ ކިބައިގައި  ހުރެއްޖެކަމުގައިވާނަމަ ﷲ ގެ ރަހުމަތުގެ ގޯތި، ސުވަރުގެ ޙާޞިލްކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް މިއަދުގެ ދަރުސްގެ ތެރެއިން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. 

އެހެންވީމާ މިސިފަތައް ފުރިހަމައަށް އަޅުގަނޑުމެންގެ ކަބައިގާ އަށަގަނެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ!

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

- ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން