ލުއި މިދެނީ އިތުރަށް ބަލި ފެތުރިދާނެ ކަމަށް ވެސް ބަލައިގެން!: ޑރ. މުރާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ލުއި މިދެނީ އިތުރަށް ބަލި ފެތުރިދާނެ ކަމަށް ވެސް ބަލައިގެން!: ޑރ. މުރާދު

ލޮކްޑައުން ޙާލަތަށް ލުއިތަކެއް ދެމުން ގެންދަނީ ލުއި ދިނުމުން ބަލި ފެތުރޭ މިންވަރު އިތުރުވެދާނެ ކަމަށްވެސް ބަލައިގެން ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މުރާދު މިރޭ ވިދާޅުވީ އަބަދު ލޮކްޑައުންގެ ޙާލަތުގައި ނުތިބެވޭނެ ކަމަށާއި ލުއިދޭން ނިންމީ އަންދާޒާކުރިވަރަށްވުރެ ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވުމުން ކަމަށެވެ. ނަމަވެސް ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު އަދިވެސް ކުޑަ ނޫން ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާ ސަމާލުކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ލުއި ދިނުމުން އެއީ ޙާލަތު މުޅިން ރަނގަޅުވުން ކަމަށް ބަލައި ފަރުވާކުޑަކޮށްލައިގެން ނުވާނެ ކަމަށާއި ފަރުވާވެ ސަމާލުކަން ހަމަ ކުރއެކޭވެސް އެއްގޮތަށް ދޭން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން