ލޮކްޑައުންނުކޮށް، މޮނިޓަރިންގ ޙާލަތުގަ ނެތް ރަށްރަށުގަ މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގަ ނަމާދުކުރަން ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ލޮކްޑައުންނުކޮށް، މޮނިޓަރިންގ ޙާލަތުގަ ނެތް ރަށްރަށުގަ މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގަ ނަމާދުކުރަން ފަށަނީ!

ލޮކްޑައުންނުކޮށް، މޮނިޓަރިންގ ޙާލަތުގަ ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގަ ނަމާދުކުރަން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. 

"މިސްކިތުގަ ޖަމާއަތް މެދުކަނޑައިލީ ޑޮކްޓަރުންނާ މަޝްވަރާކޮށްފަ. ޢިލްމްވެރިން އެގޮތަށް ނިންމެވީ ޑޮކްޓަރުންގެ ބަސް އެއީ ފަހު ބަސް ކަމަށް ބަލައިގެން. ފުރަތަމަ މާލޭގަ، ދެން ފުވައްމުލަކާ އައްޑޫ ސިޓީގަ، ދެން ހުރިހާ ރަށެއްގަ މެދުކަނޑައިލީ ޖަމާއަތް." 

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަމާއަތުގަ ނަމާދުކުރަން ފަށަން ޑޮކްޓަރުން މިއަދު ލަފާދެއްވައިފި. ގެއިން ވުޟޫކޮށްގެން ދިއުމާ، މުސައްލަ ގެންދިއުމާ އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް ނުދިއުމާ، މާސްކް ބޭނުން ކުރުން ފަދަ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަލައިގެން ޖަމާއަތް ކުރިއަށް ގެންދަން ލަފާދެއްވާފައިވަނީ." 

"މިބަލިން އަވަހަށް ސަލާމަތްކަން އެދި ވީހައި ގިނައިން ދުޢާކުރައްވަމުން ގެންދަވާ!"

މިއަދު އޮންލައިން