ކޮވިޑް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކަށް ޗައިނާގެ ސީމެކް ކުންފުނިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކޮވިޑް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކަށް ޗައިނާގެ ސީމެކް ކުންފުނިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެން ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

ސީމެކުން މިތަކެތި ހަދިޔާކޮށްފައިވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑަރ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށެވެ. މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި މިތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ. 

ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ، ފޭސް މާސްކް، ގޮގްލްސްއެވެ. 

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނުވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، ޖެންޑަރ މިނިސްޓްރީއާއި ހަވާލުކުރާނެއެވެ.

މިއަދު އޮންލައިން