ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޖަޕާނުން މިމަހު ދިން އެހީ ތިރީސް މިލިއަން ރުފިޔާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޖަޕާނުން މިމަހު ދިން އެހީ ތިރީސް މިލިއަން ރުފިޔާއަށް!

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިލޭ އެހީ ދީފިއެވެ.

ޖަޕާނުން މިއަދު ދީފައިވަނީ 21،740،400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާގެ އެހީއެކެވެ. މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އިކޮނޮމިކް ބޭސް ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ. އެހެންކަމުން މިމަހުގެ މިހައިތަނަށް ޖަޕާނުން މިވަނީ 29،862،000.00 ރުފިޔާގެ އެހީ ރާއްޖެއަށް ދީފައެވެ. 

ރާއްޖެއަށް މިއެހީ ފޯރުކޮށްދިނުމަށް ޔޫ.އެން.ޑީ.ޕީއިން ކުރި މަސައްކަތަށާއި، ހިލޭ އެހީގެ ގޮތުގައި މިފައިސާ ހަމަޖައްސައިދިން ކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ. ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.

މިއަދު އޮންލައިން