ނުރަނގަޅު އެތައް ކަންތައްތަކެއް ދަނީ ހިނގަމުން - މިއީ އިޞްލާޙްކުރަންވީ ވަގުތު!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނުރަނގަޅު އެތައް ކަންތައްތަކެއް ދަނީ ހިނގަމުން - މިއީ އިޞްލާޙްކުރަންވީ ވަގުތު!: ރައީސް ޞާލިޙް

ނުރަނގަޅު އެތައް ކަމެއްވެސް ހިނގަމުން އެބަދާ ކަމަށާއި މިއީ އެކަންކަން އިޞްލާޙްކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދެކި، މިއީ ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމަށާއި ކުރިމަތިވެފައި މިވަނީ ވަރަށް މަދުން ނޫނީ، ކުރިމަތިވެފައި ނެތް ޙާލަތެއް ކަމަށެވެ. "މިފަދަ ޙާލަތްތަކުގައި، ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި. އެހެންކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއީ ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއްކަމަށެވެ. 

"ރާއްޖޭގައިކޯވިޑް-19 ފެތުރެން ފެށިފަހުން، މިއަދުގެ ނިޔަލަށް މިވަނީ އެއްމަހާއި 5 ދުވަސް ފާއިތުވެފައި. މުޖުތަމަޢުގައި މިބަލި ފެތުރެން ފެށުމާއެކު، ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮންމެ ދުވަހަކު ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމާއި ކަރަންޓީނު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވުނު."

މިއަދު އޮންލައިން