މަސްތުވާތަކެތީގެ ޝިކާރައަކަށްވެފަ ތިބި ދިވެހިންނަށާ ބިދޭސީންނަށްވެސް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސްތުވާތަކެތީގެ ޝިކާރައަކަށްވެފަ ތިބި ދިވެހިންނަށާ ބިދޭސީންނަށްވެސް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެނީ!

ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި ދިވެހިންނަށާ ބިދޭސީންނަށްވެސް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19“ އާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން: 

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން، ހާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިވަމުން އެބަ ގެންދަން. މީގެ އިތުރުން، ފޯރުންތެރިކަން ނެތް ޢާއިލާތަކާއި ދޮށީ ޢުމުރުގެ މީހުންގެ އިތުރުން، ހާލުގައި ޖެހިފައި ތިބި މީހުންނަށް، އެހީތެރިކަން އެބަ ފޯރުކޮށްދެވޭ. އޭގެތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ.

އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސައިދީފައި. މިޙާލަތުގެ ސަބަބުން، އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން.

މިއަދު އޮންލައިން