ކޮރޯނާވައިރަހަށް އިތުރު ސާޅީސް ތިން މީހަކު ޕޮޒިޓިވްވެއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 30ސ
ކޮރޯނާވައިރަހަށް އިތުރު ސާޅީސް ތިން މީހަކު ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަހަށް އިތުރު 43 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 10:00 އާ ހަމައަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ބަންގްލަދޭޝް މީހަކާއި 10 ދިވެހިންނާއި 4 އިންޑިއާ މީހެއް ގެ އިތުރުން ނޭޕާލް މީހެއްކަމަށެވެ.

މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1،186 އަށް އަރާފައެވެ. 

މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ. 

މިއަދު އޮންލައިން